'ޑައިވާ' މެގަޒިނުން ހޮވާ ޑައިވިން ކުރުމަށް އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރެއިން ދެވަނަ ރާއްޖެ އަށް ލިބިއްޖެ އެވެ.

އެއްވަނަ ލިބުނީ މިސްރަށެވެ.

މި މަގާމު ރާއްޖެ އަށް ލިބިފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގެ 'ޑައިވާ' މެގަޒިންގެ 17 ވަނަ އަހަރީ އެވޯޑް ދިނުމުގެ ގޮތުން ފެބްރުއަރީ 14 ވަނަ ދުވަހު ބޭއްވި ހަފްލާއެއްގަ އެވެ. މިއީ ޑައިވިންގެ އޮސްކާގެ ގޮތުގައި މައްޝޫރުވެފައިވާ އެވޯޑެކެވެ.

ޑައިވާ މެގަޒިން އަކީ އިނގިރޭސިވިލާތުގެ އެންމެ ގިނަ ބަޔަކު ކިޔާ މެގަޒިން އެކެވެ.

މި މަގާމުތައް ހޮވާފައި މިވަނީ މެގަޒިންގެ ވެބްސައިޓްގައި އޮންލައިން ވޯޓުގެ ނަތީޖާއަށް ބަލައިގެންނެވެ.

"ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރު ބަލާލުމަށް ކޮންމެ އަހަރަކު ވެސް އިނގިރޭސިވިލާތުގެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރޭ،" ޑައިވިން އިން ލިބުނު މަގާމާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރުކޯޕަރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

ފާއިތުވި އަހަރު 88،704 އިނގިރޭސިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.