12 Mar 2015, 16:15
ޓޫރިސްޓުން ގޮވައިގެން ދަތުރު ކުރި ބޯޓަކަށް ބޮޑުމަހެއް ފުންމައިގެން އަރައި، މީހެއްގެގައިގައި ޖެހި އެ މީހާ މަރުވެއްޖެ އެވެ.
މެކްސިކޯގެ އޮފިޝަލުންނާ ހަވާލާދީ ކެނެޑާ ނޫސްތަކުން ބުނީ އިއްޔެ ހިނގި ހާދިސާގައި ކެނެޑާގެ 35 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށާއި އެ މީހާ މަރުވީ، ބޮޑުމަސް ފުންމައިގެން އަރައި ބޯޓަށް އެރުމުގެ ސަބަބުން އެ މީހާ އަށް ލިބުނު އަނިޔާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ. އެ ހާދިސާގައި އެ މީހާ ވިއްސައިގެން ގޮސް ކަނޑަށް ވެއްޓުނު ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.