އިންޑޮނޭޝިއާގައި އަންހެނަކު އޭނާގެ ގެ ގަންނަ ފަރާތަށް ހިލޭ އަންބެއް ލިބޭނެ ކަމަށް ބުނެފި އެވެ.

ސޯޝިއަލް މީޑިއާގައި ކޮށްފައިވާ އެ އިއުލާނުގައިވާ ގޮތުން އެ ގޭގައި ނިދާ ދެ ކޮޓަރިއާއި ދެ ފާހާނައާއި ގަރާޖެއްގެ އިތުރުން މަސް ފެންގަނޑެއް ހިމެނެ އެވެ. އޭގެ އިތުރުން ގެ ގަންނަ ފަރާތުން ގޭގެ ވެރިޔާއާ ކައިވެނި ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

75000 ޔޫއެސް ޑޮލަރަށް ވިއްކުމަށް އިއުލާނުކޮށްފައިވާ އެގެ ގަންނަން ހުށައަޅާ ފާރާތްތަކުގެ ޝަރުތަކުގެ ތެރޭގައި ސީރިއަސް މީހަކަށް ވާންޖެހޭ ކަމަށް ބުނެގައިވެ އެވެ. ސޯޝިއަލް މީޑިއާގައި ދައުރުވަމުންދާ އެ ގޭގެ ހަބަރު އިންޑޮނޭޝިއާގެ އިތުރުން ގިނަ އޭޕީ ފަދަ ގިނަ ހަބަރު ފަތުރާ ވަސީލަތްތަކުގެ ވެބްސައިޓްތަކުގައި ވެސް ދަނީ ފެތުރެމުންނެވެ.

އެ ހަބަރު ލިޔެފައިވާ ބޭރުގެ ނޫހެއްގައި ބުނެފައިވާ ގޮތުން އެހެން ފަރާތަކުން ގެ ގަތަސް ގޭގެ ވެރިފަރާތަކަށް ވާނީ މިހާރު ވެސް ގޭގެވެރިޔަކަށް ހުރި 40 އަހަރުގެ ލިއާ އެވެ. އޭނާ ބުނެފައި ވަނީ އެ ހަބަރުގެ ސަބަބުން ގިނަ ބަޔަކަށް ހައިރާންކަން ލިބި ނޫސްވެރިން ވެސް އޭނާއާ ސުވާލުކުރުމަށް އެގެއަށް ދާންފެށި ކަމަށެވެ. އަދި އެ ހަބަރަކީ ތެދު ހަބަރެއްތޯ ބެލުމަށް ފުލުހުން ވެސް އެގެއަށް ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ދެ ކުދިންގެ މަންމަ އަދި އެކަނިވެރި މައެއް ކަމަށްވާ ލިއާ އޭނާގެ ގެ ގަންނާނެ މީހަކު ހޯދުމަށް ލިއާގެ ރައްޓެހި އެޖެންޓެއްކައިރީ ބުނެފައިވާނެ ކަމަށާއި، އެހެންނަމަވެސް އެގޮތަށް އިޝްތިހާރު ކުރުމަށް ބުނީ މަދުބައެއްގެ ތެރޭގައި ކަމަށާއި އަދި އިންޓަނެޓްގައި އިޝްތިހާރު ނުކުރުމަށް ބުނެފައިވާނެ ކަމަށް ލިއާ ޕޮލިހުގައި ވަނީ ބުނެފަ އެވެ.

އިންޑޮނޭޝިއާގައި ހުރި އެގެ ގަތުމަށް މިހާތަނަށް ސީރިއަސްކޮށް އެ ގެ އަށް ގޮސް ބަލާފައި ވަނީ އެންމެ މީހެއް ކަމަށް ލިއާ ވަނީ ބުނެފަ އެވެ. އެހެންމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެ އެވެ.