ވީޑިއޯ ގޭމް ކޮންސޯލް ޕްލެޓްފޯމްއެއް ކަމަށްވާ "ޕްލޭސްޓޭޝަން" އިން "ޕަވާސް"ގެ ނަމުގައި ފުރަތަމަ ފަހަރަށް ޓީވީ ސީރީޒްއެއް އުފެއްދުމަށް ފަހު ދައްކަން ފަށައިފި އެވެ.

ޕްލޭސްޓޭޝަން ނެޓްވޯކް އިން ދެއްކުމަށް ހަމަޖެހިފައިވާ އެ ސީރީޒް ޕްރިމިއާ ކޮށްފައިވަނީ ރޭގަ އެވެ. ކޮމިކް ވާހަކައެއް އަސްލަށް ނަގައިން ތައްޔާރުކޮށްފައިވާ އެ ސީރީޒްއަކީ "މެޓަ-ހިއުމަން" ނުވަތަ އާދަޔާ ހިލާފު ބާރު ލިބިގެންވާ އިންސާނުންގެ ވާހަކަ މައްޗަށް ތައްޔާރު ކޮށްފައިވާ ސީރީޒް އެކެވެ.

ސީރީޒް އަކީ ހޮމަސައިޑް ޑިޓެކްޓިވްތަކެއް ކަމަށްވާ ކްރިސްޓަން ވޯކާ އާއި ޑީނާ ޕިލްގްރިމް ދެމީހުން ވެގެން އާދަޔާ ހިލާފު ބާރު ލިބިގެންވާ މީހުން ގަވާއިދާ ހިލާފަށް ކުރާ ކަންތައްތައް ހުއްޓުމުގެ މައްޗަށް އަލިއަޅުވާފައިވާ ސީރީޒްއެކެވެ.

އެކްޝަން، ފެންޓެސީ އެ ސީރީޒްގެ މުހިއްމު ރޯލުތައް ކަމަށްވާ ކްރިސްޓަން ވޯކާގެ ކެރެކްޓަރުން ފެނިގެން ދާނީ ޝާލްޓޯ ކޯޕްލޭ އެވެ. އަދި ޑީނާ ޕިލްގްރިމްގެ ރޯލުން ފެނިގެންދާނީ ސޫޒަން ހޭވާޑް އެވެ.

ބްރައިން މައިކަލް ބެންޑިސްގެ "ޕަވާސް" ކޮމިކް ފޮތަށް ބޮޑު ކާމިޔާބީއެއް ލިބުނު ކަމުގައިވި ނަމަވެސް އޭގެ ސީރީޒް އެޑެޕްޓޭޝަން ސްކްރީންތަކަށް ގެނައުމުގައި މީގެ ކުރިން ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. ބޮޑެތި ޓީވީ ނެޓްވޯކްތަކުން މީގެ ކުރިން ސީރިސް އުފައްދަން ފަށާފައިވި ނަމަވެސް މައްސަލަތަކާ ގުޅިގެން ވަނީ އެ ސީރީޒް ފެށޭނެ ގޮތް ނުވެފަ އެވެ.