11 Mar 2015, 09:49
އުނަގަނޑުގައި ރިހޭ ހެއްޔެވެ؟ ރިހުން ފިލުވުމަށް ވަރަށް ގިނަ މަސައްކަތް ކޮށްފިން ހެއްޔެވެ؟ އުނަގަނޑުގެ ރިހުން 60 ސިކުންތުން ފިލުވާލެވިދާނެ އެވެ.
އުނަގަނޑުގައި ރިހުން ވަކިގޮތަކަށް ނޭވާލައިގެން އެއްމިނެޓުން ފިލުވާލުމަށް އެމެރިކާގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވެއިން ވަނީ ޓެކްނިކެއް އުފައްދާފަ އެވެ. އެ ޓެކްނިކުގެ ދަށުން ކޮންމެ ދުވަހަކެ އެއްމިނެޓް މަސައްކަތް ކުރާ ނަމަ އުނަގަނޑުގައި ރިހުން ދިގު މުއްދަތަކަށް ފިލައިގެން ދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މަރުހަލާ 1
ހަމަޖެހިގެން ތަނެއްގައި އިށީދެލާށެވެ. އަދި ދުލުގެ ކުރި، މަތީ ދަތްޕިލާގެ ދަށަށް ލާށެވެ. އެއައް ފަހު ބޭރަށް ނޭވާލާށެވެ. ނޭވާ ލާނީ އަގައިންނެވެ.
މަރުހަލާ 2
އަނގަ ލައްޕާލާށެވެ. އަދި ހަތަރު ސިކުންތު ހަމަވަންދެން ނޭފަތުން ނޭވާ އެތެރެއަށް ދަމާލާށެެވެ. އެއަށް ފަހު ހަތް ސިކުންތު ވަންދެން ނޭވާ ހިފަހައްޓާލާށެވެ.
މަރުހަލާ 3
ހިފަހައްޓައިގެން ހުރި ނޭވާ އަނގައިން ބޭރަށް ލާށެވެ. ނޭވާ ލާނީ "ވޫޝް" އަޑަކާއި އެކު އެވެ. އަދި ބޭރަށް ނޭވާ ލާއިރު އަށް ސިކުންތަށް ދަމާލަން ވާނެ އެވެ.
މަރުހަލާ 4
ނޭވާލުމުގައި ތި ބޭނުން ކުރި ޓެކްނިކުތައް އިތުރު ތިން ފަހަރު ތަކުރާކުކޮށްލާށެވެ.
އުނަގަނޑުގައި ރިހުން ރަގަޅުވެ ހަށިގަނޑަށް ލުޔެއް ލިބިގެންދާނެ އެވެ.