10 Mar 2015, 14:26
ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ، އެއް މަސް ދުވަސް ވަންދެން އެއްވުންތަކަށް ނުދެވޭ ގޮތަށް ޝަރުތުކޮށް ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ޝަރުތުކުރުމަށް ފަހު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.
ޑރ. ޑީޑީގެ ބަންދަށް މުއްދަތު އިތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެފަހަރު ވަނީ ޑރ. ޑީޑީގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެރޭ ޑީޑީ ހައްޔަރުކޮށްފައި ވަނީ، ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މާލޭގައި ކުރަމުން ދިޔަ މުޒާހަރާތަކުގެ ތެރެއިންނެވެ.