17 Feb 2011, 15:15
ވަތަނިއްޔާއިން ހަގީގީ ޕްރީޕެއިޑް ބްރޯޑް ބޭންޑް މިއަދު ތައާރަފް ކޮށްފި އެވެ.
ވަތަނިއްޔާއިން ބުނީ ހަގީގީ ޕްރީޕެއިޑް ބްރޯޑް ބޭންޑް ގައި ކޮންމެ އަދަދެއް ވެސް ރީޗާޖް ކޮށްލެވޭނެ ކަމަށެވެ.
ޑަބްލިޔު ބްރޯޑް ބޭންޑް ޕްރީޕެއިޑް ކަނެކްޝަނެއް ލިބެނީ 99ރ. އަށެވެ.
ޑަބްލިޔު ބްރޯޑް ބޭންޑް ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެން ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
ވަތަނިއްޔާ އިން ބުނީ އެގޮތަށް ބޭނުން ކުރާނަމަ 49ރ. ދައްކައިގެން ހިލޭ 200 މެގަބައިޓް ލިބޭނެ ކަމަށާއި 99ރ. އަށް ހިލޭ 400 މެގަބައިޓް، 149ރ. އަށް ހިލޭ 1000 މެގަބައިޓް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ވެސް 199ރ. އަށް 1800 މެގަ ބައިޓް ހިލޭ ލިބޭނެ ގޮތް ވަތަނިއްޔާއިން ވަނީ ހަމަޖައްސައިފަ އެވެ.
ޕްރީޕެއިޑް ޕެކޭޖަށް ސަބްސްކްރައިބް ކޮށްގެން މެގަބައިޓަކަށް ނަގާނީ 11ލ. ގެ ރޭޓުން ނެވެ.
ވަތަނިއްޔާއިން ޑަބްލިޔޫ ބްރޯޑްބޭންޑް ތައާރަފު ކުރީ 2009 އަހަރު އެވެ.