10 Mar 2015, 11:24
ބަނގުރޫޓުވެފައިވާ އެސްޓީއޯ ނަގައި ކޮޅަށްޖެހުމުގެ ފުރުސަތު ދެއްވީތީ އެކަމާ ގުޅިގެން ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ކަމުން ވަކިކުރައްވާފައިވާ އާދާމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ ރޭ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
Bangu rootu vefa oiy STO nagaa kolhah jahaa dhinumuge furusathu dhevveethee dhivehi rayyithunnah fah fashun shukuru dhannavan.
— AdamAzim (@adamazim)March 9, 2015
އާޒިމް ވިދާޅުވީ ހިތްވަރާއި އަޒުމާއެކު އޭނާއާ އެކު މަސައްކަތް ކޮށްދެއްވި އެސްޓީއޯގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ކޮށްކޯފުޅު އާޒިމް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ފަހު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ އަހްމަދު ޝަހީރު އެވެ.