ލޭހޮޅިތައް ބެދުމުގެ މައްސަލަ ދިމާވޭ ހެއްޔެވެ؟ އެކަމާ މާބޮޑައް ކަންބޮޑު ނުވާށެވެ. ފަސޭހަ ހައްލެއް ލިބިދާނެ އެވެ. އެކަމަކު ބޭހަކުން ނޫނެވެ. ލުއި ފަސޭހަ ބުއިމަކުންނެވެ.

ދާދި ފަހުން އާންުކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުން އަންނާރުގެ ދިޔަ އަކީ އިންސާނާގެ ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބިދޭ ބުއިމެކެވެ. އެގޮތުން ހަށިގަނޑަށް ލޭ ދައުރުކުރުމާއި ހިތުގެ އަދި ލޭގެ މައްސަލަތަކަށް ވެސް އަންނާރުގެ ދިޔަ ބޭނުންކުރުމުން ފައިދާ ލިބިގެން ދާކަމަށް އެ ދިރާސާ އިން ވަނީ އެނގިފަ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން އަންނާރުގެ ދިޔަ ބުއިމުން ލޭ ހޮޅިތައް ސާފުކޮށްދީ، ހުޅު ހުޅުގައި ރިއްސުމާއި ލޭގެ ޕްރެޝަރު ދަށްކޮށްދެ އެވެ.

އާދައިގެ މޭވާއަކުން އިންސާނާގެ ހިތަށް ލިބިގެން އެދަނީ ކިހާބޮޑު ފިނިކަމެއް ހެއްޔެވެ؟ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަންނާރުގެ ދިޔައަކީ އޭގައި ތަފާތު ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެެވެ. އެގޮތުން އަންނާރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭކަމަށް ދިރާސާ އިން ވަނީ ދައްކާފަ އެވެ.

އެހެންކަމުން ކޮންމެ ދުވަހެއްގެ ބޭނުންކުރާ ކެއިން ބުއިމުގެ ތެރެއަށް އަންނާރުގެ ޖޫހެއްވެސް އެއްކޮށްލުމަކީ މުހިންމު ކަމެކެވެ.