ޖަޕާނުގެ ހުޅަނގުގެ ބައިބޯ ރަށެއްގައި ވަޅިއަކުން ހަމަލާދީ ފަސް މީހަކު މިއަދު މަރާލައިފި އެވެ.

ފުލުހުންނާ ހަވާލާދީ އޭޕީ އިން މިއަދު ބުނީ އެ ފަސް މީހުން މަރާލި ކަމުގެ ތުހުމަތުގައި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ އެ އަމަލު ހިންގީ ކީއްވެގެން އަދި ނޭނގޭ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަވަޖާއީ ރަށުގެ ސުމޯޓޯ ސިޓީގައި ހިނގި ހާދިސާގައި މަރުވެފައި ވަނީ 60 އަހަރާއި 80 އަހަރުގެ ފަސް މީހެކެވެ. އަދި އެ މީހުން ނިސްބަތް ވަނީ ދެ ގެއަކަށް ކަމަށެވެ. ސޫމޯޓޯގެ ޕޮލިސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޗީފް އޮކްމޯޓޯ ވިދާޅުވީ 44،000 މީހުން އުޅޭ ސޯމޯޓޯ އަކީ ހަމަނުޖެހުން މަދު ސިޓީއެއް ކަމަށާއި އެ ރަށް މަޝްހޫރީ ފިޔަ އާއި އޮރޭންޖާއި އަދި ބީފަށް ކަމަށެވެ.