ށ. ފޯކައިދޫ ކޯޕަރޭޓިވް ސޮސައިޓީ އަށް މަހާއި، މަހުން ބާވަތްތައް އުފައްދާ ތަރައްގީ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

އެ ތަމްރީނު ޕްރޮގްރާމުގައި ށ. ފޯކައިދޫ ކޯޕަރޭޓިވް ސޮސައިޓީ އިން މަހުގެ އުފެއްްދުންތައް އުފެއްދުމަށް ތައްޔާރުވަމުންދާ އިރު ރައްޔިތުންނަށް އެކަމުގައި އަދާކުރެވިދާނެ ދައުރާއި ބެހޭ ގޮތުން މައުލޫމާތު ދޭނެ ކަަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އިން ބުނެ އެވެ. މީގެ އިތުރުން މަހާއި މަހުގެ އުފެންދުންތައް ތައްޔާރުކުރާނެ ގޮތާއި ބެހޭ ގޮތުން ވެސް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ތަމްރީނު ޕްރޮގްރާމްގައި 26 ފަރާތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ފޯކައިދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އާއި ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އިތުރުން މަސްވެރިކަމުގެ މަސައްކަތް މިހާރުވެސް ކުރާ ފަރާތްތައް ހިމެނެއެވެ.

އެ ތަމްރީނު ޕްރޮގްރާމްގައި ކްލާސްރޫމްގައި ކިޔަވޭދޭ ބަޔަކާއި އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ބަޔެއް ހިމެނެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯކައިދޫ ސްކޫލްގެ ސާނަަވީ ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރޮގްރާމްގެ ބައިވެރިންނަށް މައުލޫމާތު ދެއްވަނީ ފިޝަރީޒް މިނިސްޓްރީގެ ފަންނީ ދެ މުވައްޒަފުންނެވެ.

ފޯކައިދޫގައި ކުރިޔަށް ދާ އެ ތަމްރީން ޕްރޮގްރާމް ކުރިޔަށް ދަނީ އަންނަ ބުދަ ދުވަހުގެ ނިޔަލެށެވެ.

މިހާރު ރާއްޖޭގައި ދަނީ ހަތް ކޯޕަރޭޓިވް ސޮސައިޓީ ހިންގަމުންނެވެ.