09 Mar 2015, 10:24
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު ދެ މީހަކު ހުޅުމާލެ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 19 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމާލެ 125 ވަނަ ފްލެޓް ސިޑިގޮޅީގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ކަމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި މަހުގެ 6 ވަނަ ދުވަހުގެ 15:25 ހާއިރު ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓް ފެނިފައި ވަނީ އެ ދެމީހުން އެވަގުތު ތިބި ތަން ބަލައި ފާސްކުރި އިރު އެތަނުން އެކެއްގެ ފައިކައިރިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި މިހާރު އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ ކަމަަށް ފުލުހުން ބުންޏެވެ.