09 Mar 2015, 09:33
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މެމްބަރުން ހުރަސް އަޅައިފި އެވެ.
މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ ދެ ޖަލްސާ ވެސް މެދުކަނޑާލަން ޖެހުނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ޖަލްސާ ކުރިއަށް ގެންދިއުމަށް ދެކޮޅު ހަދައި، ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަ ކުރަން ފެށުމުންނެވެ.
މިއަދު ހެނދުނު 9:00 ގައި ޖަލްސާ ފެށުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި، އަޑު ގަދަކޮށްފަ އެވެ. އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހްތިޖާޖު ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ވާތީ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލުމުގެ ގޮތުންނެވެ.