މޯލްޑިވްސް ކޮލެޖު އޮފް ހައި އެޑިޔުކޭޝަނަކީ ޔުނިވަސިޓީގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމުން އެ ކޮލެޖުގެ ދަށުން ހިނގަމުން އައި ކުއްލިއްޔަތުލްދިރާސާތިލް އިސްލާމިއްޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައި އެ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ކޮލެޖެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

އެ ބަދަލު ގެންނެވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ މި މަހު 15ގައި ރައީސް އުފެއްދެވުމާ ގުޅިގެންނެވެ.

ކުއްލިއްޔާގެ މަސައްކަތްތަކުގެ ތެރޭގައި ދީނީ އެއްބައިވަންތަކަމާއި ޤައުމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި ޤައުމުގެ ތަރައްޤީއަށާއި ހޭލުންތެރިކަމަށް ބޭނުންވާ ތަޢްލީމާއި ތަމްރީންލިބިފައިވާ ޒިންމާދާރު ދިވެހި ދަރިންތަކެއް އުފެއްދުން ހިމެނޭ ކަމަށް ރައީސް އޮފީހުން އާންމު ކުރި ބަޔާނެއްގައިވެ އެވެ.