އެސްޓީއޯ އިން ވިއްކަމުން އަންނަ ހިޓާޗީ ބްރޭންޑުގެ އެއާކޯނަށް ހާއްސަ "ހިޓާޗީ އޭސީ މާބޮޑަށް އަގުހެޔޮވެއްޖެ" ޕްރޮމޯޝަން އެސްޓީއޯ އިން ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ހިޓާޗީ 24،000ބީޓީޔޫ ގެ އެއާކޯނާއި 18،000ބީޓީޔޫގެ އެއާކޯނާއި 12،000 ބީޓީޔޫގެ އެއާކޯނާއި 9000ބީޓީޔޫގެ އެއާކޯނުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

އެގޮތުން މީގެ ކުރިން 20،000 ރުފިޔާ އަށް ވިއްކަން ހުރި 24،000ބީޓީޔޫގެ އެއާކޯނު މިހާރު ހުރި އަގަކީ 18،900 ރުފިޔާ އެވެ. އަދި މީގެ ކުރިން 16،245 ރުފިޔާއަށް ވިއްކަން ހުރި 18،000ބީޓީޔޫގެ އެއާކޯނު މިހާރު 15،370 ރުފިޔާ އަށް ލިބޭ އިރު ކުރިން 11،295 އަށް ވިއްކަން ހުރި 12،000ބީޓީޔޫގެ އެއާކޯނު މިހާރު ހުރީ 10،950 އަށެވެ. އަދި ކުރިން 9435 އަށް ވިއްކި 9000ބީޓީޔޫގެ އެއާކޯނު މިހާރު ހުރީ 8،900 އަށެވެ.

އެސްޓީއޯގެ ޕްރޮޑަކްޓް މެނޭޖަރު އިބްރާހިމް ނަޖާހު ވިދާޅުވީ އެސްޓީއޯ އިން ވިއްކާ ހުރިހާ އެއާކޯނަށް ދޮޅު އަހަރުގެ ވޮރަންޓީ ދޭނެ ކަމަށާއި ފަސް އަހަރު ދުވަހުގެ ކޮމްޕްރެސާ ވޮރަންޓީ ދޭނެ ކަމަށެވެ.

" މި ޕްރޮމޯޝަންގެ ބޭނުމަކީ އެސްޓީއޯ އިން ވިއްކާ އޭސީ އަކީ ހުރިހާ ގިންތިއެއްގެ މީހުންނަށް ވެސް އެފޯޑަބުލް އެއްޗަކަށް ހަދައިދިނުން. އެއީ އެސްޓީއޯގެ ވެސް އަދި ހިޓާޗީގެ ވެސް އަމާޒަކީ،" ނަޖާހު ވިދާޅުވި އެވެ.

މިއަދުން ފެށިގެން އަންނަ މެއި މަހުގެ އަށްވަނަ ދުވަހާ ހަމައަށް، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެ ކުންފުނީގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި އެ ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.