17 Feb 2011, 09:37
އަންނަ ހޮނިހިރު ދުވަހު ފަށާ ކްރިކެޓް ވޯލްޑް ކަޕުގެ މެޗުތައް ކުޅެމުންދާއިރު ކުޅުންތެރިންނާއި އޮފިޝަލުން ޗޭންޖިން ރޫމުގައި މުވާސަލާތީ އެއްވެސް ވަސީލަތެއް ބޭނުންކޮށްފި ނަމަ އެމީހަކާ ދެކޮޅަށް ފިޔަވަޅު އަޅަން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ން ނިންމައިފި އެވެ.
މި ގޮތަށް ނިންމީ މިއަދު ގަތަރުގައި ބޭއްވި އެ ޖަމާއަތުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އައިސީސީން ބުނީ މެޗު ހިނގަމުންދާއިރު ޗޭންޖިން ރޫމުގައި ލެޕްޓޮޕާއި މޮބައިލް ފޯނު ގެންގުޅުމާއި އަދި ޓުވިޓާ ފަދަ ނެޓްވޯކްތަކުގައި ވާހަކަ ދައްކައި ހެދުމަކީ މަނާ ކަމެއް ކަމަށާއި އެ ފަދަ ކަމެއް ކޮށްފި މީހަކު ވަގުތުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެ ޖަމާއަތުން މިފަދަ ނިންމުމެއް ނިންމީ ރިޝްވަތު ހިފިކަން ސާބިތުވުމުން ޕާކިސްތާނުގެ މުހިންމު ތިން ކުޅުންތެރިއަކު ދިގު މުއަދަތަކަށް ސަސްޕެންޑް ކުރަން ޖެހުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމަށް އެ ޖަމާއަތުގެ އެންޓި ކޮރަޕްޝަން ކޯޑު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.