08 Mar 2015, 10:02
އަބޫޖާ (މާޗް 8) : ނައިޖީރިޔާގެ އިރު އުތުރު ރަށެއްކަމަށްވާ މައިޑުގުރީގައި ބާރުގަދަ ދެބޮމެއް ގޮއްވާލުމުގެ ސަބަބުން 56 މީހުން މަރުވެ، 56 މީހުން ޒަޚަމްވެއްޖެ އެވެ.
މި ބޮންތައް ގޮއްވާލާފައި ވަނީ މައިޑުގުރީގެ މީހުން ތޮއްޖެހިފައިވާ ދެ މާރުކޭޓެއްގައި ކަމަށް ޚަބަރު ލިބެ އެވެ. މިދެ ޙަމަލާގައި މަރުވި މީހުންގެ ހަށިތައް ކުދިކުދިވެ އެމީހުންގެ ލޭތަކުން ބިންމަތީގައި ކޯރު ހެދިފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ.
ދެމީހަކު އަމިއްލަ އަށް މަރުވެގެންދިން މިދެ ޙަމަލާގެ ފަހަތުގައިވާ ކަމަށް ބެލެވެނީ ނައިޖީރިޔާގައި މީހުންމެރުމާއި މީހުން ވަގަށްނެގުމާއި މަގުފޭރުމުގެ ޖަރީމާތައް ހިންގުމުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޫކޫ ޙަރާމް ޖަމާއަތް ކަމަށް އެގައުމުގެ ފުލުހުންބުނެ އެވެ. ނަމަވެސް މި ޙަމަލާގެ ޒިންމާ، ބޫކޫ ޙަރާމް ޖަމާއަތުން އަދި އުފުލާފައެއްނުވެ އެވެ.
މައިޑުގުރީއަކީ ބޫކޫ ހަރާމް ޖަމާއަތުގެ ހަނގުރާމައިގެ މަރުކަޒެއް ހުންނަ ރަށެވެ. މައިޑުގުރީ ނިސްބަތް ވަނީ ނައިޖީރިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ބޯނީ ސްޓޭޓަށެވެ. (ބީބީސީ)