ޑޭވިޑް ވިޔާ ލނޑެއްޖަހާފައި ވަނިކޮށް އަހަތުން އަރައި ފަހު 15 މިނިޓް ތެރޭގައި ދެ ގޯލު ޖަހައިގެން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ބާސެލޯނާގެ މައްޗަށް އާސެނަލް ކުރި ހޯދައިފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި ދެ ޓީމުގެ ފުރަތަމަ ލެގްގައި އާސެނަލް އަށް ގޯލު ޖަހައިދިނީ ރޮބިން ވެންޕަސީ އާއި އަންދްރޭ އަރްޝަވިން އެވެ.

މި ދެ ޓީމުގެ ދެ ވަނަ ލެގް އޮންނާނީ ބާސެލޯނާގެ ދަނޑުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ. މި ދެ ޓީމުން ކުރެ ކުއާޓާ ފައިނަލަށް ދާނީ ދެ ވަނަ ލެގްގެ މެޗު ނިމޭއިރު ކުރި ހޯދާ ޓީމެކެވެ. ނަތިޖާ ހަމަހަމަ ވެއްޖެނަމަކަޓާނީ އަވޭގޯލު މަދު ޓީމެކެވެ.

މި މެޗުގެ ނަތީޖާ ނުކުތްގޮތުން އާސެނަލް ކަޓުވާލަން ބާސެލޯނާ އަމިއްލަ ދަނޑުގައި ޖެހޭނީ 1-0 އިން މޮޅުވާށެވެ. އެ ނޫން ސްކޯއެއް މެޗުގައި ނުކުމެއްޖެނަމަ ބާސެލޯނާ އަށް އަނެއް ބުރަށް ދެވޭނީ މަދުވެގެން ދެ ގޯލުގެ ފަރަގަކުން މޮޅުވެގެންނެވެ.

މި ވަގުތު ސްޕޭން ލީގުގައި ފަސް ޕޮއިންޓްގެ ލީޑަކާއެކު އެއް ވަނާގައި އޮތް ދިފާއީ ޗެމްޕިއަން ބާސެލޯނާގެ މައްޗަށް އިނގިރޭސި ލީގުގެ ދެ ވަނާގައި އޮތް އާސެނަލް މިހޯދި ކާމިޔާބީއަކީ 2006 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގަ އާއި ހުސްވި އަހަރު މި ދެ ޓީމު ކުޅެ އާސެނަލް މުބާރާތުން ކަޓާފައިވާ ވުމަށް ދިނަ ވަރަށް ރަނގަޅު ރައްދެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ރޯމާ އާއި ޝަކްޓާ ޑޮނެސްޓް ބައްދަލުކުރި މެޗުން ރޯމާ ބަލިވީ 3-2އިންނެވެ. މި މެޗުހައި ޝަކްޓާ އަށް ގޯލު ޖަހައިދިނީ ޖަކްސަން އާއި ކޯސްޓާ އަދި އެޑްރިއާނޯ އެވެ. ރޯމާގެ ލަނޑުތައް ޖެހީ ސިމޯން ޕެރޯޓާ އާއި ހާވިއާ މެނެޒްއެވެ.