ށ. މިލަންދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަނުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާމިޔާބުކޮށްފި އެވެ.

އެ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު މަންސޫރަށް ލިބިވަޑައިގަތް ވޯޓުގެ އަދަދަކީ 557 އެވެ. އަދި މި އިންތިހާބުގައި ވާދަކުރެއްވި ޕީޕީއެމްގެ ދެ ވަނަ ކެންޑިޑޭޓު ހަސަން އަބްދުއް ރަހުމާނަށް ލިބިވަޑައިގަތީ 576 އެވެ.

އެ އިންތިހާބުގައި މި ދެބޭފުޅުންނާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތް ވޯޓުގެ އަދަދަކީ 459 އެވެ.

މިލަންދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ މިލަންދޫ ކައުންސިލްގެ ދެ މެމްބަރަކު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުން ނެވެ. ކައުންސިލަރު ކަމުން އިސްތިއުފާދެއްވާފައި ވަނީ ކައުންސިލްގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ފަޔާޒު އާއި ކައުންސިލް މެމްބަރު މުހައްމަދު ޔާސިރެވެ.