07 Mar 2015, 17:33
ފީނުމުގެ ރާއްޖޭގެ ރެކޯޑު ފަހުދު ފާއިޒް، 34، އާ ކޮށްފި އެވެ.
ތައިލެންޑުގައި މިވަގުތު ހުރި ފާއިޒް މިއަދު "ސަން" އަށް ބުނީ އޭނާ ގާއިމު ކުރީ އެންމެ ގިނަ އިރު ވަންދެން ނޭވާ ހިފަހަޓައިގެން ފީނުމުގެ ރިކޯޑާއި ފިންސް އަޅައިގެން އަދި ފިންސް ނާޅާ ފީނުމުގެ ރެކޯޑެއް ކަމަށެވެ.
"ބައެއް ފަރާތްތަކުން ހީފުޅު ކުރައްވަފާނެ މިއީ ދުނިޔޭގެ ރެކޯޑެކޭ. އެހެންނަމަވެސް އަދި އަޅުގަނޑު މި ގާއިމް ކުރީ ރާއްޖޭގެ ރެކޯޑެއް. މިއީ ފްރީ ޑައިވިން އެއް. ތިން ކެޓަގަރީ އަކުން އަޅުގަނޑު މި ރެކޯޑު ގާއިމް ކުރީ މި،" ފަހުދު ބުންޏެވެ.
ފަހުދު ބުނީ ޖުމުލަ ހަތް ގައުމަކުން ނު އެތުލީޓުން ބައިވެރިވި މި މުބާރާތުގައި އޯވަރޯލްކޮށް ހަ ވަނަ ހޯދާފައިވާ ކަމަށެވެ. އަދި ފިރިހެން ކެޓަގަރީ އިން އޭނާ އަށް ލިބިފައި ވަނީ ތިން ވަނަ ކަމަށް ފަހުދު ބުންޏެވެ.
މި މުބާރާތުގައި އެމެރިކާ، ފްރާންސް، ހޮލެންޑު، އައިލެންޑު، ހަންގޭރީ އަދި މެލޭޝިއާ އިން ވެސް ވަނީ ބައިވެރިވެފައި އެވެ.