މިންޓް ލީވްސް ނުވަތަ ކުދީނާ ފަތޭ ބުނެފި ނަމަ ކޮންމެ މީހެއްގެ ވެސް ހިތަށް އެންމެ ފުރަތަމަ އަރާ ތިން ބަހަކަށް ވަނީ ފެހިކަން، ތާޒާ އަދި މީރުވަހެެވެ. އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިންޓް ލީވްސް އަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާ އެއްޗެއް ކަމެވެ. އެގޮތުން މިންޓް ލީވްސް ބޭނުން ކުރުމުން އިންސާނުންނަށް ލިބޭނެ 10 ފައިދާ އަކަށް ބަލައިލާނަމެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަށް މަދުވުން
މިންޓްލީވްސް ނުވަތަ މިންޓް ބޭނުން ކުރުމުގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތައް މަދުވެ ހަޖަމު ކުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދެ އެވެ. އޭގެ އިތުރުން އާންމުކޮށް މީހުންނަށް ދިމާވާ ގޭސް ސްޓްރައިކްގެ މައްސަލަތަކަށް ފަރުވާ ލިބި ބަނޑުގައި ރިހުން ކުޑާވެގެން ދެ އެވެ.

ގޮހޮރުގެ މައްސަލަތަކަށް ފަރުވާއެއް
ދިރާސާތަކުން ދައްކާގޮތުން ގަވާއިދުން މިންޓް ނުވަތަ މިންޓް ލީވްސް ބޭނުން ކުރާ މީހުންނަށް ގޮހޮރަށް ދިމާވާ މައްސަލަތަށް މަދުވެ، ބަނޑުގައި ރިހުމުގެ މައްސަލަތަކަށް ފަރުވާ ލިބިގެންދެ އެވެ. އެގޮތުން މިންޓް ލީވްސް ބޭނުންކޮށްގެން ދުވާލަކު އެއް ސައިތަށި ބޯލުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.

ނޭވާލުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލެއް
ނޭވާލުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި މިންޓް ލީވްސް ބޭނުން ކުރުމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނޭވާލުމުގެ ނިޒާމު ނުވަތަ ނޭވާ ހިއްލުމުގެ ބަލިތަކުގައި ފަރުވާއެއްގެ ގޮތުން ބޭޙުގެ ބަދަލުގައި މިންޓް ލީވްސް މީހުން ބޭނުން ބޭނުން ކުރެ އެވެ.

ލޭގެ ޕްރެޝަރު މައްޗަށް ދާ މީހުންނަށް ފަރުވާއެއް
ލޭގެ ޕްރެޝަރު މައްޗަށް ދާ މީހުން މިންޓް ލީވްސް ނުވަތަ މިންޓް ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. އޭގެ ސަބަބުން މީހުންގެ ލޭގެ ޕްރެޝަރު ދައްކޮށްދެ އެވެ. އެގޮތުން ސައިތަށީގެ ތެރެއަށް ނުވަތަ ހޫނު ފެނުގެ ތެރެއަށް މިންޓް ލީވްސް ލައިގެން ބޭނުން ކުރެވި ދާނެ އެވެ.

އޭގެ އިތުރުން މިންޓް ލީވްސް އަކީ ހަންގަނޑަށް ރަނގަޅު ފަރުވާއެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ރޯސް ވޯޓާ ނުވަތަ ފިނިފެނުގެ ތެރެއަށް މިންޓް ލީވްސް ލުމަށް ފަހު މޫނުގައި އުނގުޅުމުން ހަންގަނޑު ތާޒާވެ، ހަންގަނޑުގެ ރީތިކަން އިތުރުވެގެންދާނެ އެވެ.

ދަތް ފަނި ކެއުމުން ސަލާމަތްވުމަށް
މިންޓް ލީވްސް އަކީ އެކި ގޮތްގޮތަށް ވުރެ ގިނަ ގޮތްގޮތުން އިންސާނުންގެ ހަށިގަނޑަށް ފައިދާ ކުރާ އެއްޗެކެވެ. އެގޮތުން ދަތް ފަނި ކުއުމުގެ މައްސަލަ ދިމާވާ މީހުން މިންތް ލީވްސް ބޭނުން ކުރުމުން ދަތްވަނި ކެއުމުން ދުރުކޮށްދީ ބެކްޓީރިއާ އިން ސަލާމަތް ކޮށްދެ އެވެ. ދަތް އުގުޅާ ބޭސް، މައުތް ސްޕޮރޭ އަދި މައުތް ވޮޝްގެ އުފެއްދުންތަކުގައި މިންޓް ލީވްސް ބޭނުންކޮށްފައި ވަނީ އެ ސަބަބުތަކަށް ޓަކަ އެވެ. އޭގެ އިތުރުން ދަތްތައް ހުދުކޮށް ރީތިކޮށް ބެހެއްޓުމަށް ވެސް މިންޓް ލީވްސް ބޭނުން ކުރެވިދާނެ އެވެ.

ތަދުތަކުން ދުރުވުމަށް ހައްލެއް
ބަނޑުގައި ރިހުން ބޮލުގައި ރިހުން ނުވަތަ މަސްގަނޑުގައި ރިހުމަކީ އާންމުކޮށް މީހުންނަށް ދިމާވާ މައްސަލަތަކެވެ . އެކަމަށް ހައްލެއް ބޭނުން ހެއްޔެވެ؟ ޖޯޑެއްގެ ލޮނުފެނުގެ ތެރެއަށް ތިންބައިކުޅަ އެއްބައި ހުންނަހާ އޮލިވް އޮއިލް ކޮޅެއް އަޅާލާށެވެ. އެއައަށް ފަހު އޭގެތެރެއަށް މިންޓް ބޭނުންކޮށްގެން ހަދާފައި ހުންނަ "ޕެޕާމިންޓް އޮއިލް" ކޮޅެއް އަޅާލާށެވެ. އަދި ރިހުން ހުރި މަސްތަށް އޭގެން މަސާޖުކޮށްލާށެވެ. ހަމަގައިމު ވެސް ފަރުވާއަކަށް ވެގެން ދާނެ އެވެ.
އޯކަށްދެމި ހޮޑުލެވޭ ނަމަ ހެދިދާނެ ގޮތް
އޯކަށް ދެމި ހޮޑުލެވޭ ގޮތް ވާނަމަ މިންޓް އޮއިލް ނުވަތަ މިންޓް ލީވްސްގެ ވަސް ބަލާލާށެވެ. ހާއްސަކޮށް ދަތުރު ކުރުމުގެ ސަބަބުން އޯކަށްދެމި ހޮޑުލެވޭ މީހުން މިންޓް ލީވްސް ހިފައިގެން އުޅޭ ނަމަ އެ އުނދަގުލުން ސަލާމަތްވާން އެއީ ފަސޭހަ މަގެކެވެ.

ފިކުރުބޮޑުވެ ހާސްވުމުގެ ފަރުވާ
ކަންތަށް ތަކާ ވިސްނުމުން، ބައެއް ފަހަރު ފިކުރު ބޮޑުވެ ހާސްވުމަކީ ދިމާވާ މައްސަލަ އެެކެވެ. އެހެންވާނަމަ ސައިތައްޓެއްގެ ތެރެއަށް މިންޓް ލީވްސް އެއް ލުމަށް ފަހު ބޯލާށެވެ. ފިކުރުތަކުން ދުރުވެ ސިކުޑިއަށް ލުއި ލިބިގެން ދާނެ އެވެ.

ވިސްނުން ތޫނު ކުރުމަށް
މިންޓް ލީވްސް އެއްގެ ވަސް ބެލުމުން މީހާގެ ވިސްނުން ތޫނުވާކަމަށް ވާހަކަ ދައްކަ އެވެ. އެއީ ހަގީގަތެކެވެ. ދިރާސާތަކުން ދައްކާގިތުން މިންޓް ލީވްސް ވަސް ބަލާ ނަމަ މީހާގެ ވިސްނުން ތޫނުވެ ވިސްނުން ހަރުދަނާ ވެސް ވާނެ އެވެ.

ކެންސަރުން ސަލާމަތްކޮށްދޭ
ކެންސަރު ޖެހުމުން ސަލާމަތްވުމަށް ނުވަތަ ބަލިން ދުރުވުމަށް މިންޓް ލީވްސް ބޭނުން ކުރުން މުހިންމެވެ. ދިރާސާތަކުން ދައްކާގޮތުން މިންޓް ލީވްސް އަކީ ވަރަށް ގިނަ ވައްތަރުގެ ކެންސަރަށް ފަރުވާއެކެވެ. ހާއްސަކޮށް ޕްރޮސްޓޭޓް ކެންސަރުން ސަލާމަތް ވުމަށް މިންޓް ލީވްސް އެހީތެރިވެދެ އެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް