އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާ ލޯނު އަންނަ މޭ މަހު ތެރޭ ހަމަޖެހިގެންދާނެ ކަަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ލޯނަކީ ޖަޕާން ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން( ޖޭބިކް) އިން ނަގަން ނިންމާފައިވާ ލޯނެކެވެ. އެއާޕޯޓްގެ ޓާމިނަލް ތަރައްގީ ކުރަން މިނަގާ ލޯނަކީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ކަަމަށް އިކޮނަކިމް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ޖަޕާނާއި ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނުސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޖޭބިކް އިން ނަގާ ލޯނުގެ އިތުރުން އެގްޒިމް ބޭކުން ނަގަން ހަމަޖެހިފައިވާ ލޯނުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

އެ ދަތުރުގައި މާލޭ ހުޅުލެ ބްރިޖްގެ މަޝްރޫއާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރވިފައިވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"މިނިސްޓްރީ އޮފް ކޮމާސް އިން ވިދާޅުވި މާލެ ހުޅުލެ ބްރިޖްގެ މަސައްކަތް ޑިޒައިންކޮށް ނިންމާ އަދި ފީސިބިލިޓީ ސްޓަޑީ އާއި އެއްކޮށް ނިންމާ ޖޫންއަށް ހުރިހާ މަސައްކަތެއް ނިންމާނެ ކަމަށް" ސައީދު ވިދާޅުވި އެވެ.

މިއީ މާލެ ހުޅުލެ ބްރިޖް ޕްރޮޖެކްޓަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ޗައިނާގެ ބެއިޖިން އަދި ޖަޕާނުގެ ޓޯކިޔޯ އަށް ސަރުކާރުން ފޮނުންވެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނަންވަރު އަދި ފޮރިން ސެކެއްޓަރީ އަލީ ނަސީރެވެ.