05 Mar 2015, 15:51
ފަސްދޮޅަށް ދުވަސް ވަންދެން މުޒާހަތާތަކަށް ނުދިޔުމަށް ޝަރުތުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ މުޒާހަރާ އަކުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އެގޮތަށް އަމުރުކުރީ ކުރިން އެ ކޯޓުން ޖަހައިދިން އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން މިއަދު އެ ކޯޓަށް ހާޒިރުކުރުމުންނެވެ.
އާޒިމް ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކައިރީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ކުރި މުޒާހަރާގެ ތެރެއިންނެވެ.
ފުލުހުން ބުނީ އާޒިމްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.