05 Mar 2015, 15:37
ރާއްޖެ އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާ ސްރީލަންކޭގެ އުފެއްދުމެއް ކަމުގައިވާ "ރިއަލް ފްރުޓް ޕަވާ" ޖޫސްގެ ފުޑް އެލާޓް ބާތިލުކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ "ރިއަލް ފުރުޓް ޕަވާ" އެތެރެކުރުން މަނާކޮށްފައި ވަނީ ލޭބަލް ކުރުމުގައި ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
"ރިއަލް ފްރުޓް އެންޑް ޕާވާ ޖޫސް ޕެކެޓް ރާއްޖެ އަށް އެތެރެކުރުމާއި ވިއްކުން ވަގުތީ ގޮތުން މަނާކޮށް ނެރެފައިވާ ފުޑް އެލާޓް ބާތިލުކޮށްފައިވާ ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.
ނަމަވެސް ރަނގަޅަށް ލޭބަލްކޮށްފައި ހުންނަ "ރިއަލް ފުރުޓް ޕަވާ" ވިއްކުމާއި ރާއްޖެ އެތެރެކުރުމަކީ ހުއްދަ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.