ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންގެ އަދަދު 100 މިލިއަނަށް އަރާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި ވޭދުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މެދުއިރުމަތި، އުތުރު އެފްރިކާ އަދި ދެކުނުއިރުމަތީ އޭޝިއާގައި އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އޭގެ ތެރޭގައި ގަތަރު، އަލްޖީރިއާ، އޮމާން އަދި މިޔަންމާ ފަދަ ގައުމުތައް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ.

" ކަސްޓަމަރުންގެ އަދަދު 100 މިލިއަނަށް އެރުމުން އަޅުގަނޑުމެންނަށް މި ފެންނަނީ ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ކުންފުނި ކުރިއަރާފައިވާ މިންވަރާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންނަށް އުރީދޫގެ ސަބަބުން ގެނައި ހެޔޮ ބަދަލު،" އުރީދޫ ގްރޫޕްގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ތާނީ ވިދާޅުވި އެވެ.

އުރީދޫ އިން ހިދުމަތްދޭ ކަސްޓަމަރުންގެ އަދަދު 700 މިލިއަނަށް އަރާއިރު އިތުރަށް އެ ކުންފުނި ތަރައްގީވުމުގެ ފުރުސަތު އެބައޮތްކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ އިން ރާއްޖޭގައި ހިދުމަތްދޭން ފަށާފައި ވަނީ 1 އޮގަސްޓް 2005 ގައެވެ.