16 Feb 2011, 16:32
މައްސަލަ ޖެހުނު ހއ. ކެލާ ވޯޓް ފޮށީގެ ދާއިމީ ނަތީއްޖާ އިއުލާން ކުރުން ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހައި ކޯޓުން މިއަދު އަމަރުކޮށްފި އެވެ.
ހައި ކޯޓުން އެ އަމަރު ނެރުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާގައި ބެހެއްޓި ވޯޓް ފޮށީގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ އިންތިހާބާ ބެހޭ ގާނޫނާއި އިލެކްޝަން ކޮމިޝަންގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ ރަށުގައި އަލުން އިންތިހާބު ބާއްވާ ދިނުމަށް އެދި އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
އެ ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ "ވޯޓް ފޮށީގެ ދާއިމީ ނަތީއްޖާ އިއުލާން ކުރުމަކީ ބައެއް ގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭތީ، އެ ވޯޓް ފޮށީގެ ދާއިމީ ނަތީއްޖާ އިއުލާން ކުރުން ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރާ" ކަމަށެވެ.