05 Mar 2015, 10:35
ށ. ގޮއިދުއަށް ކިނބުލެއް އަރާފައިވާ ކަމުގެ ނިޝާންތަކެއް ފެނިއްޖެ އެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު މިއަދު "ސަން" އަށް ވިދާޅުވީ އެ ނިޝާންތައް ފެނުނީ މިއަދު ހެނދުނު ކަމަށެވެ. އަދި އެ ރަށުން ފެނިފައިވާ ނިޝާންތަކަކީ ކިނބުލެއްގެ ނިޝާންތަކެއް ކަމަށާއި އެހެންނަމަވެސް އެއީ "ސީދާ ކިނބުލެކޭ ދަންނަވަން ދަތި" ކަމަށެވެ.
"އަޅުގަނޑުމެންގެ ރަށަކީ އާންމުކޮށް ވެލާ އަރާ ރަށެއް. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަން މިހުރީ މުޅިން ތަފާތު ނިޝާންތަކެއް. އެއީ ހަމަގައިމު ވެސް ވެލާގެ ރޮނގުތަކާ ތަފާތު ނިޝާންތަކެއް. ދެން އަޅުގަނޑުމެން ކައުންސިލުން ރަށުގެ ދުވަސްވީ މީހުންނާ ވާހަކަދައްކާލީމާ އެ މީހުން ބުނީ ޔަގީނުން ވެސް އެއީ ވެލާގެ ނިޝާނެއް ނޫނޭ. ހަމަ އެންމެ ބޮޑަށް ވައްތަރީ ކިނބުލަކާއޭ،" ޝާހިދު ވިދާޅުވި އެވެ.


މި ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެންނަ ކަމަށް އަންނަނީ ރިޕޯޓް ކުރަމުންނެވެ.