އިސްލާމްއާބާދު (މާޗް 4): އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖޭ ޖައިޝަންކަރާއި ޕާކިސްތާނުގެ ފޮރިން ސެކްރެޓަރީ އައިޒަޒް އަހްމަދު ޗައުދަރީ އިސްލާމް އާބާދުގައި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިޔަށް އެބަގެންދަވަ އެވެ.

ޕާކިސްތާނުގެ ފޮރިން އޮފީހުގެ ތަރުޖަމާން ތަސްލީމާ އަހުމަދު ވިދާޅުވި ގޮތުގައި ދެބޭފުޅުންގެ މަޝްވަރާތައް ކުރިޔަށް ދަނީ ޓެރަރިޒަމްގެ މައްސަލައާއި ކުރިއަށް އޮތް ސާކް ސަމިޓާ ބެހޭ ގޮތުންނާ އަދި ދެގައުމުގެ ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ތަރައްގީ ކުރުމާ ބެހޭ ގޮތުންނެވެ.

މަޝްވަރާތައް މި ފަށަނީ ދެގައުމުގެ ދެމެދުގައި ކުރިން ކުރިޔަށް ދިޔަ ވާހަކަތައް އަހަރަކަށް ވުރެ ގިނަ ދުވަހު މެދުކެނޑިފައި އޮތުމަށްފަހުގައެވެ. އިންޑިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޕާކިސްތާނުން ވަންނަމުންދާ ކަމަށް ބުނުމަށް ފަހު މަޝްވަރާތައް ހުއްޓާލީ އިންޑިއާ އިންނެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައިވާ މައްސަލަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ ކަޝްމީރެވެ. ކަޝްމީރުގެ މައްސަލައިގައި އެ ދެގައުމުން ދެ ހަނގުރާމައެއް ކޮށްފައިވެ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖޭ ޖައިޝަންކަރު ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ ގެ ވަގުތެއްގަ އެވެ. (އޭޕީ)