05 Mar 2015, 10:01
ގިނަ ބަޔަކު ބުނާ ގޮތުގައި ސިއްހަތަށް ރަނގަޅު ޑައިޓެއް ދެމެހެއްޓުމަށް ވަރަށް ބުރަ މަސައްކަތާއި ވަގުތު އަދި ފައިސާ ހަރަދު ވާނެ އެވެ. ނަމަވެސް އެއީ މުޅިން ތެދު ވާހަކަތަކެއް ނޫނެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުން ވަނީ ފަސޭހަ އަދި އާންމު ގޮތްތަކެކެވެ.
އެގޮތުން:
ޖޫސްތަކާއި ސޯޑާތަކުގެ ބަދަލުގައި ލިނބޯ ފެން ބޭނުން ކުރުން
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވޭ ހެއްޔެވެ؟ ނަމަވެސް ހަމައެކަނި ފެން ބުއިމުގެ ބަދަލުގައި އެއަށް ލިނބޯ އަޅާށެވެ. ލިނބޯ އަކީ ޕޮޓޭސިއަމް އާއި ވިޓަމިން ސީ އިން މުއްސަނދި މޭވާއެކެވެ. އެތަކެއްޗަކީ މެޓަބޮލައިޒް ވުމުން ބަރުދަން ލުއި ކުރުމަށާއި ގައިން ޓޮކްސިންތައް ބޭރުކުރުމަށް އެހީތެރިވާ ތަކެއްޗެވެ. އެގޮތުން އާޓިފިޝަލް ޖޫސްތަކަކީ އޭގައި ހަކުރު އެކުލެވިގެންވާ އެއޗެއްސަށްވުމުން އެއިން ޑައިބިޓީޒް އަށާއި ބަރު ވުމަށް މަގުފަހިވެ އެވެ.
ގިނައިން ފެހި ތަރުކާރީ ކެއުން
ސިއްހަތަށް ފައިދާވާ ތަކެތި ބޭނުންކުރާ އިރު ގިނަ ފަހަރަށް ވާގޮތަކީ ގިނަ ތަކެތި ދޫކޮށްލެވުމެވެ. ނަމަވެސް އޭގެ ބަދަލު ސިއްހަތަށް ފައިދާވާ ތަރުކާރީ ފަދަ ތަކެތި ކެއުމަށް އިސްކަން ދޭށެވެ. އެގޮތުން ފެހިކަން ގަދަ ފަތާއި ތަރުކާރި ކެއުމަށް އިސްކަން ދޭށެވެ. އެގޮތުން ކޮޕީފަތަކީ ރަނގަޅު މިސާލެކެވެ. އެއަކީ އަޔަން އާއި އެންޓި އޮކްސިޑެންޓްސް އަދި ފައިބާ އެކުލެވޭ ބާވަތެކެވެ.
ޕްރޮސެސް ކޮށްފައިވާ ކާނާތަކާ ދުރުވުން
ދަޅުތަކުގައި ބަންދުކޮށްފައިވާ ކާނާތަކާއި ގަނޑު ކޮށްފައިވާ މޭވާ އަދި ތަރުކާރީތަކާއި ލުއި ކާނާތަކާ ދުރުވާށެވެ. އެތަކަތީގައި ގިނަ އަދަދަކަށް ލޮނާއި ހަކުރު އަދި "ޕްރެޒާވެޓިވްސް" އެކުލެވިގެންވެ އެވެ. އެ ބާވަތުގެ ކާނާގެ ސަބަބުން ހިތުގެ ބަލިތަކާއި ލޭގައި ހަކުރު އިތުރުވުން ފަދަ ބަލިތަކަށް މަގުފަހިވެ އެވެ.
ކެއްކުމުގައި ކާށި ތެޔޮ ބޭނުން ކުރުން
ކާށި ތެލަކީ ފެޓް ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗަކަށް ވީނަމަވެސް އެ ފެޓް އަކީ ޖަނަވާރުގެ ޕްރޮޑަކްޓްތަކުން ފެންނަ ކަހަލަ ފެޓްއެއް ނޫނެވެ. ކާށި ތެލުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކޮލެސްޓްރޯލް ކަމަށްވާ ޑީއެޗްއެލް އިތުރުކޮށްދީ ހިތުގެ ބަލިތައް ޖެހުމާ ދުރުކޮށްދެ އެވެ.
ޒައިތޫނި ތެލަކީ ވެސް ރަނގަޅު ތެލެއް ނަމަވެސް އެ ތެޔޮ ގަދަ ހޫނުގެ ކެއްކުމަށް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ސަބަބީ ޒައިތޫނި ތެޔޮ ހޫނުވުމުން އެއިން ބޭރުވާ ދުމުން ކާސީނޯޖެން ދޫކުރާނެތީ އެވެ.
"ލީން ޕްރޮޓީން" ކޮށް ކެއުން
"ލީން ޕްރޮޓީން" އަކީ މަސް ކާއިރު ކޮންމެ 99 ގްރާމެއްގެ ކެއުމުގައި 10 ގްރާމަށް ވުރެ ދަށްކޮށް ފެޓް އެކުލެވޭ ގޮތައް ކެއުމެވެ.
"ލީން ޕްރޮޓީން" ކޮށް ކެއުމަށް ކުކުޅާއި ކަނޑުމަސް ހިޔާރު ކުރާށެވެ. އަދި ކަނޑު މަހަކީ ކޮންމެ ދުވަހުގެ ކެއުމުގެ ބަޔަކަށް ހަދާށެވެ. ސަބަބަކީ ކަނޑު މަހަކީ އޭގައި އެތައް ނިއުޓްރިއެންޓެއް އެކުލެވިގެންވާ މަހެކެވެ.
މަސްދަރު: ވެލްނެސް ބިން