04 Mar 2015, 21:45
ޖުމްހޫރީ މައިދާން ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ޗާންދަނީ މަގު ރީފްސައިޑް ކައިރީގައި މިރޭ 9:05 ހާއިރު ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ އަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ މާރާމާރީއެއްގައި ޒަހަމްވެގެން 25 އަހަރުގެ މީހަކަށް ފަރުވާދެމުންދާ ކަމަށާއި އޭނާގެ ކަރަށް ތޫނުއެއްޗެއް ހަރައި ޒަހަމްކޮށްލާފައިވާ ކަމަށެވެ.