04 Mar 2015, 15:29
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސް، ނަޝީދު ދޫކޮށްލުމަށް ގޮވާލައި، ރައީސް އޮފީހަށް ސިޓީއެއް ހުށަހަޅަން ދިޔަ ބަޔަކު މުޒާހަރާކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި ލިޔެފައިވާ ސިޓީއެއް ހިފައިގެން މިއަދު މެންދުރު ރައީސް އޮފީސް ކައިރިއަށް އެއްވި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވަނީ އެ ސަރަހައްދުގައި މުޒާހަރާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އެމްޑީޕީގެ އަންހެން މެމްބަރުންނެވެ.

ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީގެ ސަޕޯޓަރުންތަކެއްް މިއަދު ކުރި މުޒާހަރާގެ ތެރެއިން-- ސަން ފޮޓޯ އަލީ ނަސީރު
ނަމަވެސް އެ ސަރަހައްދަށް އެއްވި ބައެއް މީހުން އެ ސަރަހައްދުގެ މަގުމަތީގައި އިށީދެ މުޒާހަރާ ކުރަން ފެށުމުން ފުލުހުން ނުކުމެ ވަނީ އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސައިފަ އެވެ.
ރައީސުލްޖުމްހީރިއްޔާ އަބްދުﷲ ޔާމީން އަށް އެޑްރެސްކޮށް އެމްޑީޕީގެ އަންހެނުންތަކެއް ލިޔެފައިވާ އެ ސިޓީގައި ބުނެފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަކީ އިންސާފުން ބޭރުން ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ.
