03 Mar 2015, 20:45
ހުޅުމާލެއިން މިރޭ 9:00 އިން ފެށިގެން ތިން ގަޑިއިރަށް ފެން ކަނޑާލުމަށް ނިންމައިފި އެވެ.
އާބާދީގައި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލެއިން މިރޭ 9:00 އިން ފެން ކަނޑާލުމަށް ނިންމާފައިވާއިރު އަލުން ހުޅުމާލެއަށް ފެން ދޫކުރަން ނިންމާފައިވަނީ މިރޭ 12:00 ގައި ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ފެން ކަނޑާލަން ޖެހުނީ އަމިއްލަ ފަރާތަކުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރެއިން ހުޅުމާލެއަށް ފެންފޯރުކޮށްދިނުމަށް ބޭނުންކުރާ މައި ހޮޅިއަށް ގެއްލުންތަކެއް ލިބުމުގެ ސަބަބުން ކަމަށެވެ. ފެން ކަނޑާލަންޖެހެނީ އެ ހޮޅިން ފެން ލީކް ވަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ކަމަށް އެކުން ފުނިން ބުންޏެވެ.