16 Feb 2011, 12:07
އައްޑޫ ސިޓީއަށާއި، ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އައްޑޫސިޓީއާއި ފުވައްމުލަކުގެ ތަރައްޤީއަށް އުފައްދަވާފައިވާ ސަރުކާރުގެ އެކި ކުންފުނިތަކުގެ ބޯޑުތަކާ ބައްދަލުކުރައްވައި، އެ ބޯޑުގެ މަސައްކަތްތަކާއި ބޯޑުތައް ހިންގުމުގައި ކުރިމަތިވެފައިވާ ދަތިތައް ބައްލަވާނެ އެވެ. އަދި ސްކޫލްތަކުގެ ބޯޑުތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.