ބައި- އިލެކްޝްނަކާ ނުލައި ވ. ތިނަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑި އެމްޑީޕީގެ މެމްބަރަކު ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހާ ހަމައަށް އެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި އެ ގޮނޑިއަށް ކުރިމަތި ލެއްވި އެ ރަށު ވ.ފެލިދޫ، ޒަމާނީ ވިލާ، ހަސަން ރަމީޒު ކަމަށެވެ.

އެ އިންތިހާބު އޭނާ ކާމިޔާބު ކުރެއްވީ މުއްދަތު ހަމަވި އިރު ވެސް އެ ގޮނޑިއަށް އިތުރު މެމްބަރަކު ވާދަކުރައްވާފައިނުވުމުން ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

ތިނަދޫ ކައުންސިލްގެ ބައި އިލެކްޝަންސް ބާއްވަނީ އެ ރަށު ކައުންސިލްގެ ކުރީގެ ނައިބް ރައީސް ޝަމްއޫން އަބްދުﷲ ވެސް އަމިއްލަފުޅު ސަބަބަކާ ހުރެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މީގެ އިތުރުން ރ. އަލިފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހަމަ އެދުވަހު އިލެކްޝަނުން ހުޅުވާލި ފުރުސަތުގައި ޕީޕީއެމް އަދި އެމްޑީޕީގެ ކެނޑިޑޭޓަކު ވަނީ ކުރިމަތިލައްވައިފަ އެވެ.