ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާކެޓިން ޑިރެކްޓަރުގެ މަގާމަށް ކުރިން އުރީދޫގެ ހެޑް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި އައިޝަތު ޒަމްރާ ހަމަޖައްސައިފި އެވެ.

މިހާތަނަށް ބީއެމްއެލްގެ މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރިފުއަތު މުހައްމަދު ވަނީ ދުވަހު ނޫސް ހަވީރުގެ ސީއީއޯގެ މަގާމަށް ބަދަލުވެފައެވެ.

ޒަމްރާ ވަނީ ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފައެވެ.

" ބޭންކުގެ މާކެޓިން އާއި ސީއެސްއާރު އަދި ޕަބްލިކްރިލޭޝަންސް، އާ ހަރުފަތަކަށް ގެންދިއުމުގެ ގާބިލުކަން ޒަމްރާގެ ކިބައިގަައި ހުރިކަމާއި ދޭތެރޭ އަޅުގަނޑު ޝައްކެތް ނުކުރަން،" ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ވިދާޅުވެފައި ވެއެވެ.

ބޭންކުން ވަނީ މާކެޓިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައިގެން ރިފުއަތު ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.