02 Mar 2015, 11:09
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި އެވެ.
މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނަކީ ހަމައެކަނި މަކިޓާ އަދި މަކްޓެކްގެ އެކި އުފެއްދުންތަކަށް ހާއްސަ ޕްރޮމޯޝަނެކެވެ. އެގޮތުން ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލް ފިހާރަތަކުގައެވެ.
"މަކިޓާ ހެއްޔާ ޕްރޮމޯޝަން 2015"ގެ ނަމުގައި މިމަހުން ފެށިގެން އެސްޓީއޯ އިން ގެންދާ ޕްރޮމޯޝަންގެ ދަށުން މަކިޓާ އަދި މަކްޓެކް ޕްރޮޑަކްޓްތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި ހިނގާ މާޗްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.