02 Mar 2015, 11:07
މި އަހަރު ފުރަތަމަ ދައުރަށް މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން މަޖިލީސް އަށް އިއްވެވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން ރައީސް އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓުވީޓެއްގަައި ވިދާޅުވެފައި ވަނީ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ޔާމީން ދެއްވީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށާއި އެކަމަށް ޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
Congratulations President on an excellent presidential speech!
— Maumoon Abdul Gayoom (@maumoonagayoom)March 2, 2015
މަޖިލީސް މިއަހަރުގެ ފުރަތަމަ ދައުރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަން ރައީސް ފެއްޓެވުމާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ ރިޔާސީ ބަޔާނަށް ހުރަސް އަޅައިފަ އެވެ. އަދި މަޖިލިސް ތެރޭގައި އަޑުގަދަކޮށްފަ އެވެ. އެހެންނަވެސް ރައީސް ޔާމީން ވަނީ ހުއްޓުމެއް ނެތި ރިޔާސީ ބަޔާން އިއްވަވައި ނިންމަވާލައްވައިފަ އެވެ.