ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހިތުގެ ފަރުވާއަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.

އިބްރާހިމް ދީދީ އެޑްމިޓް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ އިބްރާހިމް ދީދީ އައިސީޔޫގައި ބާއްވާފައި މިވަގުތު އޮތީ ހިތުގެ ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.

"މިވަގުތު އައިސީޔޫގެ އޮބްޒަވޭޝަންގައި އޮތީ. އެއީ ޓެސްޓްތަކެއް ހެދުމަށް،" ޒީނަތު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ހިތުގެ ފަރުވާ އަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައިވާ އިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި އިބްރާހީމް ދީދީގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް އޭނާ ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.