ލަންކާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، "ޓެމްޕަލް ޓްރީސް"ގެ ބޭރުގައި ބަހައްޓާފައި ހުރި 45،000 ގަސްމުށިގަނޑުތަކުގެ ތެރެއިން ގިނަ މުށިގަނޑުތައް ނެގުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގްހާ ނިންމަވައިފި އެވެ.

ޕްރައި މިނިސްޓަރުގެ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ ކަލަމްބޯ ގެޒެޓުން އިއްޔެ ބުނީ 2013 ވަނަ އަހަރު ކޮލަމްބޯގައި އޮތް ކޮމަންވެލްޓް ސަމިޓަށް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ބެހެއްޓެވި ޕޮޓްތައް ނެގީ އެތަކެތި ބެލެހެއްޓުމަށްދާ ހަރަދުބޮޑުވެ، ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ.

ޕްރައި މިނިސްޓަރުގެ އޮފީހުން ބުނީ 3000 ގަސްމުށިގަނޑު ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި ގަސްމުށިތައް ނަގާނީ މަސްތަކަކަށް ބަހާލައިގެން ކަމަށާއި އެއީ ހަރަދު ބޮޑު ކަމެއް ކަމަށެވެ.