01 Mar 2015, 11:05
މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ 21 މީހަކު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، 18 ވަނަ ދުވަހުގެރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި މިހާރު ތިބީ ދެމީހުން ކަމަށެވެ. އަދި އެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އަދި 23 ވަނަ ދުވަހުގެރޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ހިމެނޭ އަންހެނެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އަނެއް ހަތް މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ 27 ވަނަ ދުވަހުގެރޭ ކުރި މުޒާހަރާއާ ގުޅިގެން 36 މީހަކު ހައްޔަރު ކުރިއިރު، އެ މީހުންގެ ތެރެއިން އިއްޔެއާ ހަމައަށް ތިބީ 28 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން 17 މީހަކު އިއްޔެ ހަވީރު ދޫކޮށްލާފައިވާ އިރު، ކޯޓަށް ގެންދިޔަ 11 މީހުންގެ ތެރެއިން 10 މީހަކަށް 10 ދުވަސް ބަންދަށް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކަކު ވަނީ ދެ މަސް ވަންދެން މުޒާހަރާ ތަކަށް ނުނިކުންނަށް ޝަރުތުކޮށް ދޫކޮށްލާފައި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.