ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އަލިކިލެގެފާނު މަގުގައި އޮތް ޕިކަޕެއްގެ ދަށް ބަލައި ފާސްކޮށް އެތަނުން، ޕެޓްރޯލު އަޅާފައި ހުރި ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ސަންގެ ނޫސްވެރިޔާ އާދަމް ނަޒީރު ބުނީ، ސިޓީ ޕާކްކައިރިން ފާށަނާ ކިލޭގެފާނު މަގުގައި ބާއްވާފައި އޮތް ޕިކަޕެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާނީ ޖޫސް ހުސްކުރި ފުޅީގެ ހަފުޅި ޕެޓްރޯލެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕެޓްރޯލު ފުޅިތަކުގެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ އެމްޑީޕީ އަދި ޖޭޕީން އަލިކިލޭގެފާނު މަގާ މަޖީދީ މަގު ގުޅޭ ސަރަހައްދުގައި މިރޭވެސް ވަނީ މުޒާހަރާކޮށްފައެވެ.