ތުރެޓް އޮތް މީޑިއާ ތަކަށް ފުލުހުން ހިމާޔަތް ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައި ހުރި މައުލޫމާތު ތަކަށްބަލައި ތުރެޓް އޮތް މީޑިއާތަކަށް ފުލުހުން ހިމާޔަތް ދޭން ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ކަހަލަ ތުރެޓް ތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ހިމާޔަތް ދެމުން ދަނީ ކޮންކޮން މީޑިއާ ތަކަކަށް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބޮޑެތި ހުރިހާ މީޑިއާ ސްޓޭޝަން ތަކަކަށް ވެސް ފުލުހުން ހިމާޔަތް ދެމުން އަންނަ ކަމަށެވެ.

ބޮޑެތި ހުރިހާ މީޑިއާ ސްޓޭޝަން ތަކެއްގެ ދޮރުމަތީ ތިން ފުލުހަކު ސެކިއުރިޓީ ބަލަހައްޓަން މިއަދު ވަނީ ފަށާފަ އެވެ.

މާލޭގައި ބޮޑެތި މުޒާހަރާތައްކޮށް ހަމަނުޖެހުން އުފެދޭ ދުވަސް ވަރު އަބަދުވެސް ފުލުހުން އަންނަނީ މީޑިއާ ސްޓޭޝަންތަކަށް ސެކިއުރިޓީ ދެމުން ނެވެ.