Last Updated: 1 decade 9 month ago

ފުލުހުން ބުނީ އެމްޑީޕީ-ޖޭޕީން މިއަދު ބޭއްވި އެއްވުން ނިންމާލިކަން ރަސްމީކޮށް އެ ދެ ޕާޓީތަކުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ރާޅުގަނޑު ސަރަހައްދުން ފެށި މުޒާހަރާ މާލޭގެ މަގުތަކުން ގޮސް ސޯޝަލް ސެންޓަރު ކައިރިއަށް މަޑުކުރުމަށްފަހު، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ މިއަދުގެ އެއްވުން ނިންމާލީ ކަމަށެވެ. އޭނާ ވިދާޅުވީ ބަންދުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރެއްވީ އެއްވުން ކުރިއަށް ގެންދާނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އިރުޝާދުގެ ދަށުން ކަމަށާއި ގާސިމް ވިދާޅުވެފައި ވަނީ މައުރިބު ނަމާދަށް އެއްވުން ނިންމާލުމަށް ކަމަށެވެ.

އެ ސަރައްހަށް ބަޔަކު ދިއުމަށް މިސްރާބު ޖަހާފައިވަނިކޮށް، އެހެން ބަޔަކު ވަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން މަޖީދީމަގާއި ޗާންދަނީ މަގާ ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް އެއްވާން ގޮވާލާފަ އެވެ. އަދި އެހެން ގޮވުމަށްފަހު އެ މީހުން މިސްރާބު ޖެހީ އެދިމާލަށެވެ.

ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުގައި ބަހައްޓާ ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު، މިއަދުގެ ހަވީރުގެ ވަގުތެއްގައި މާލެ ވަޑައިގަތް ލޯންޗްމަތީގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ތޮލާލު ވަނީ ފުލުހުންނާ ދިމާލަށް "ތިއީ ބާޣީންނޭ" ބުނެ ދިމާކުރައްވާފަ އެވެ. މި އަމަލަކީ މިފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ފަރާތުން ފެނިގެންވާނެ ފަދަ އަމަލެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ނުދެކެމެވެ. އެހެންކަމުން މިކަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިހާރުވަނީ ހުށަހަޅާފައެވެ.
The ongoing demonstration by MDP-JP is not a peaceful demonstration.pic.twitter.com/GOxFyBSjTk
— Ibrahim Muaz Ali (@SpokespersonMV)February 27, 2015
މިހާރު ކުރިއަށްދާ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން