Last Updated:
1 decade 9 month ago

"ސިޔާސީ ދައުވާތައް" އަނބުރާ ގެންދިއުމަށް އަޑުއުފުލައިފި

  • 13 ޑިމާންޑަކަށް ފަހު ހިނގާލުން ރަސްމީކޮށް ނިންމާލައިފި
ބުލޮގު ޚުލާސާ
އެމްޑީޕީ-ޖޭޕީ ގުޅިގެން ރާޅުގަނޑު ސަރަަހައްދުގައި ބާއްވާ މުޒާހަރާ ކުރިއަށް ގެންދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 ޖަހަންދެން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

އެ ޕާޓީން އެހެން ބުނެފައި ވަނީ ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގަ އެވެ.

އަލީ ވަހީދު

އެއްވުން ނިންމާލައިފި. ނިންމިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު. އޭނާ ވިދާޅުވީ ސަރުކާރަށް 13 ޑިމާންޑެއް ހުށަހަޅުއްވާފައިވާ ކަމަށް.
މި އެއްވުމުގައި ބައިވެރިވާ އެތައް ބަޔަކު ކުރިމަތިލާން ބޭނުންވާކަން އަޅުގަނޑަށް އިނގޭ. މި ބޮޑު އެއްވުމުގެ ބައިވެރިން ކުރިމަތިލައިފިނަމަ ލޭ އޮހޮރުވުމަށް ހިނގައިދާނެ. މި އޮއްވުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ސައިޒު ސަރުކާރަށް ދައްކާލުން.
18:05

މުޒާހަރާ ނިންމާލާނެ ކަމެއް އަދި އިއުލާނެއް ނުކުރޭ. ޖޭޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިރުއޮއްސި 6:00 އަށް އެއްވުން ނިންމާލާނެ ކަމަށް. ރާޅުގަނޑު ސަރަހައްދުން ފެށި މުޒާހަރާ ބޮޑުތަކުރުފާނު މަގުން އުތުރަށް ގޮސް މަޖީީދީމަގުން ހުޅަނގުން ގޮސް މިހާރު ތިބީ ސޯޝަލް ސެންޓަރު ކައިރީ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުގައި.

މުޒާހަރާގެ ޑިމާންޑުތައް
- ނަޝީދު މިނިވަން ކުރުން
- ނާޒިމް މިނިވަން ކުރުމުން
- އާޒިމް މިނިވަން ކުރުމަށް
- ސިޔާސީ ބޭފުޅުންގެ މައްޗަށް ކުރާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް
- އަސާސީ ހައްގުތައް ހަނި ކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަނޭޅުމަށް

17:39

މުޒާހަރާގެ ބައިވެރިން އަދިވެސް ދަނީ މަޖީދީމަގުން ހުޅަނގަށް. މަޑުކުރާނެ ތަނެއް އަދި ހާމައެއް ނުކުރޭ. މިހާރު މުޒާހަރާގެ ބައިވެރިން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒާ އަރާ ހަމަވެއްޖެ.
17:13

މުޒާހަރާގައި އީވާ ވާހަކަ ދައްކައިފި. ރައީސް ނަޝީދާއި ނާޒިމް، އަދި އާޒިމް ވެސް ދޫކޮށްލުމަށް ވަނީ ގޮވާލާފައި.
17:12

މަޖީދީ މަގުން ހުޅަނގަށް ހިނގާފައިދާ މުޒާހަރާގެ ބައިވެރިން ރައީސް ޔާމިންގެ ގެކޮޅު ހުންނަ މަގު އަލިކިލޭގެފާނާ އަރާ ހަމަވެއްޖެ. ރައީސް ގެކޮޅު ހުންނަ އަލިކިލޭގެފާނު ދެކުނު ފަރާތް ފުލުހުން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައި. އެ ސަރަހައްދުގައި ތިބި ފުލުހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން އަޑުގަދަކޮށް، ވާހަކަ ދައްކާފައިވޭ
އަބްދުﷲ ޝާހިދު

މުޒާހަރާގައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވީ. ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖެ ފަލީހަތް ވެއްޖެ ކަމަށާއި ސަރުކަރު އޮތީ ފެއިލްވެފައި ކަމަށްް ޝާހިދު ވިދާޅުވި.
އަޅުގަނޑުމެން ހަލުވާލާ އިރަށް ވެއްޓޭނެ
16:53

މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ހުޅަނގަށް މިސްރާބު ޖަހައިފި. މުޒާހަރާގެ ބައިވެރިން މަޑުކުރާގެ ސަރަހައްދެން އަދި ނުބުނޭ. މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ނަޝީދާއި ނާޒިމް މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލަމުން.
ޕޮލިސް މީޑިއާ

އިތުރު ހަތިޔާރުތަކެއް ފުލުހުން ހޯދައިފި. ފުލުހުން ބުނީ އެތަކެތި ފެނިފައިވަނީ ދަރުބާރު ގޭގެ އިރު ދެކުނު ކަންމަތިން ކަމަށް.
ދަރުބާރުގެ އިރު ދެކުނު ކަންމަތީ ގަސްތަކުގެ ތެރެއިނިް ދަނގަނޑު ބުރިތަކަކާއި ހަންޖަރަކާއި ބޮޑު ތިން ވަޅިއެއް ފެނިފައިވޭ
ގާސިމް އިބްރާހިމް

އަޅުގަނޑުމެން މި ސަރުކާރު ގެނައީ ވަރަށް މުހިއްމު މަގުސަދެއްގައި. އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ތަރައްގީތަކެއް ގެނައުމަށް. އެހެންނަމަ ވެސް ހިޔާލުތަފާތުވުންތަކެއް އުފެދިގެން ދިޔައީ... އަޅުގަނޑުމެންނާއި ޕީޕީއެމާއެކު އޮތް އެއްބަސްވުން ރޫޅިގެން ދިޔަ ނަމަ ވެސް އިތުރަށް ކުރަންޖެހޭ ޑިމާންޑުތަކެއް ނެތް.
16:42

ބައެއް ތަކެތިން ޑިއުޓީ ނަގަން ފެށުމުން އެކަމާ ކަންބޮޑުވެވަޑައިގެން ވެސް ގާސިމް ވާހަކަފުޅު ދެއްކެވި. މަސްވެރިންނާ ދަނޑުވެރިންނަށް ދޭން ސަރުކާރުން ވައުދުވެފައިވާ އިނާޔަތްތައް ސަރުކާރުން ނުދޭ ކަމަށް ގާސިމް ވިދާޅުވި. ސަރުކާރުން ކުރަމުންދާ ކޮރަޕްޝަންގެ ކަންތައްތައް ހުއްޓާލުމަށް ވެސް ގާސިމް ގޮވާލެއްވި.
ގާސިމް އިބްރާހިމްމުޒާހަރާއިން

ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ މުޒާހަރާގެ ބޭނުމަކީ ސަރުކަރު ބަދަލު ކުރުން ނޫން ކަމަށް. ގާނޫނު އަސާސީގައި ބުނެފައިވާ ހައްގުތައް ހަނި ނުކުރަން ގޮވާލާ ކަމަށާއި މިއަދުގެ އެއްވުމުގައި ހަމަނުޖެހުން ހިންގާ ބަޔަކު އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި.

ގާސިމް ސަރުކާރަށް ކުރާ ޑިމާންޑުތައް

- އޮޑިޓާ ޖެނަރަލް ގާނޫނަށް ގެނެސްފައިވާ އިސްލާހު އަނބުރާ ގެނައުމަށް.
- ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ދޫކޮށްލެއްވުން.
- ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ދައުވާ އަނބުރާ ގެނައުމަށް.
* ތިން ޑިފެންސް މިނިސްޓަރުގެ މައްޗަށްކޮށްފައިވާ ދައުވާތައް ވެސް އަނބުރާ ގެނައުމަށް

އެއްވެސް ދިވެހި ރައްޔިތަކު ހަމަނުޖެހުމަކަށް ޖާގަ ނުދިނުން. މިއީ އަޅުގަނޑުމެންގެ އިލްތިމާސް. މި އެއްވުން އަޅުގަނޑުމެން ނިންމާލާނީ މައުރިބު ނަމާދުގެ ކުރިން، ކުރަންޖެހޭ ޑިމާންޑުތަކާއެކުގައި.
16:29

މުޒާހަރާގެ ބައިވެރިން ޓަސްކަލޫސާ ކައިރިއަށް މަޑުކޮށްފި. އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވާހަކަފުޅު ދައްކައިފި. އޭނާގެ ވާހަކަފުޅަށްފަހު ލަންކާގައި ހުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ބަސްފުޅެއް މުޒާހަރާގެ ބައިވެރިންނަށް އިއްވަން ފަށައިފި.
16:26

ޤާނޫނުއަސާސީގައި ކަނޑައަޅައިދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނުގެއްލޭގޮތަށް އާންމު ފަރުދުންނާއި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުންވެސް އަމަލުކުރުމަށް ގޮވާލައި "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" (އެމްޑީއެން) އިން ނޫސްބަޔާނެއް ނެރެފި.

އެމްޑީއެންގެ ނޫސްބަޔާނުގައި ބުނެފައި ވަނީ، މިދުވަސްވަރަކީ ސިޔާސީ އެކި ފިކުރުގެ ފަރާތްތަކުން ޚިޔާލުފާޅުކުރުމަށްޓަކައި ތަފާތު އެއްވުންތައް ބާއްވަމުންދާ ދުވަސްވަރެއް ކަމަށާއި އެހެން ކަމުން ރާޖޭގެ ގާނޫނުއަސާސީން ލިބިދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނުގެއްލޭގޮތަށް އެންމެހައި ފަރާތްތަކުން އަމަލުކުރުމަށް އެ ނެޓުވޯކުން ގޮވާލާކަމަށް.

އަދި މުޒާހަރާތަކާއި އެއްވުންތަކުގައި ބައިވެރިވާ އެންމެހާ ފަރާތްތަކުން ގާނޫނީ ތަރަހައިގެ ތެރޭގައި އެބައިމީހުންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، އެކަންކަން ރާވައި ހިންގާ ފަރާތްތަކުން ސަމާލުކަން ދިނުމަށްވެސް ގޮވާލާފައިވޭ.

މީޑިއާތަކުން ހަމަހަމަކަމާއެކު ތެދު ހަބަރުތައް އާންމުންނަށް ފޯރުކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތަކުން ވެސް ގާނޫނީ ހަމަތަކުގެ މަތިން ރައްޔިތުންނާއި ގައުމު ހިމާޔަތްކުރުމުގައި ދެމިތިބުމަށް އެމްޑީއެންއިން ވަނީ ގޮވާލާފައި.

16:22

މުޒާހަރާ ކުރީގައި އޮތީ ޕިކަޕެއް. ޕިކަޕުގެ ފަހަތުން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނީ ބޮޑުތަކުރުފާނު ޓަސްކަލޫސާ ކައިރިއަށް.
16:15އުސްފަސްގަނޑު ސަރަހައްދުން:

ފުލުހުން އުސްފަސްގަނޑު ސަރަހައްދު ބަލައި ޗެކް ކުރަނީ. މުޒާހަރާގައި ބައިވެރިވުމަށް ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް ޖަމާވެފައި. މުޒާހަރާ ސުލްހަވެރި. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.
ޕޮލިސް މީޑިއާ

އުސްފަސްގަނޑު ސަރަހައްދުން ހަތިޔާރުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި.
ދަގަނޑު ހޮޅި ބުރިއާއި ކަތިވަޅި އާއި ކަނޑި ވަނީ އެތަނުން ފެނިފައި