27 Feb 2015, 01:04
ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މާދަމާ ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން ހިންގާ އޮޕަރޭޝަންގައި ބޭނުންކުރާ ހަތިޔާރުތައް ޓެސްޓުކޮށްފި އެވެ.
ފުލުހުން ބުނީ މުޒާހަރާއާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދާ ފުލުހުންނަށް ބޭނުންވާ ހަތިޔާރުފަދަ ތަކެތި ބޭނުންވާނެ މިންވަރު ދެނެގަނެވި އެތަކެތި ތައްޔާރީ ހާލަތަށް މިއަދު ގެނެސްފައިވާކަމަށެވެ.
ހަތިޔާރުތައް ޓެސްޓްކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވަނީ ފޭދޫފިނޮޅުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާދަމާ މާލޭގައި ބާއްވާ މުޒާހަރާއާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން އެކްސަސައިޒްތަކެއް މިއަދު ކުރިއަށްގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.