26 Feb 2015, 21:24
ގެސްޓުހައުސް އަކުން ވައްކަންކުރި މީހަކު ހަތަރު އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސ. ހިތަދޫ ދެވިނަގޭ އަހްމަދު ނަވާބުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 2:55 އެހާކަންހާއިރު މާފަރު ގެސްޓުހައުސްއިން ވައްކަންކުރުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ މާފަރު ގެސްޓުހައުސްގެ ކޮޓަރިއަކުން 3200 ރުފިޔާގެ އަގުހުރި ސޮނީއެރިކްސަންގެ މޯބައިލް ފޯނެއް އޭނާ ވަގަށް ނަގާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ހަތަރު ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.