"ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުން" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން 1000 ވެޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ވެއިޓަރުން ތަމްރީނުކުރުގެ ތަމްރީން ޕްރޮގްރާމު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ފުޅުދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވ މި ސަރުކާރުގެ ސިޔާތުތައް ތަންފީޒު ކުރުމަށް އެންމެ ފަރިތަ ވުޒާރާއަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށާއި ވެއިޓަރުން ތަމްރީނު ކުރުމަށް މިއަދު ފެށި ޕްރޮގްރާމަކީ ވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ވެއިޓަރުން ތަމްރީނުކުރުމަށް މިއަދު ފެށި ޕްރޮގްރާމުގެ ސަބަބުން ގިނަ ޒުވާނުންތަކަށް ވަޒީފާގެ ފުރުސަތު ލިބި ކުރިއަށް ދިއުމަށް އިތުރުހިތްވަރެއް ލިބިގެންދާނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.

ވެއިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާނު އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ޝީ ބިލްޑިންގްގައި ބޭއްވި ރައްމިއްޔާތުުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިއަދު ހުޅުވާލެވުނު މަސައްކަތްތަކަކީ ވެސް ރާއްޖޭގެ ޒުވާނުންނަށް، ގަދަރުވެރި ދިރިއުޅުމެއް، ހޯދާ ދިނުމަށްޓަކައި ރައީސް ޔާމީން ކުރައްވާފައިވާ ވައުދު ފުއްދުމުގެ ބައެއް ކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން އިޖުތިމާއީ ހެޔޮބަދަލުތައް އަންނަން ފަށައިފި ކަމަށާއި އަދި އެކަމަކީ މުޖުތަމައުގެ ހަމަޖެހުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަކަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށެވެ.

ވެއިޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ޒުވާނުންނަށް ހިތްވަރުދީ މި ދާއިރާއަށް ތައުލީމާއި ތަމްރީން ލިބިފައި ތިބި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ފެށި މި ޕްރްގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މާޗް 15 އަށް ވަނީ ހުޅުވާލައިފަ އެވެ. އެ ކޯހަށް އެދި ހުށަހަޅާ ފަރާތްތަކަކީ ސެޓްފިކެޓް ލެވެލް ތިނެއް ނަމަ ގްރޭޑް ހަތެއް ފުރިހަމަ ކޮށްފައި ވާ އަދި ސެޓްފިކެޓް ލެވެލް ހަތަރެއް ނަމަސާނަވީ އިމްތިޙާނުތަކުން ތިން މާއްދާއިން ދަށްވެގެން "ސީ" ގްރޭޑްލިބިފައިވާ ނުވަތަ އެމްއެންކިއުއެފް ލެވެލް ތިނެއް ގެ ސަނަދެއް ހާސިލުކޮށްފައިވާނެ ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ސެޓްފިކެޓް ލެވެލެ ތިނެއްގެ ކޯހުގެ ދިގުމިނަކީ ހަ މަސް ދުވަހެވެ. އަދި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯހުގެ ދިގުމިނަކީ އެއް އަހަރު ދުވަހެވެ.

ވެއިޓަރުން ތަމްރީނު ކުރުމަށް މިއަދު ފެށި ޕްރޮގްރާމުގެ ފީ ވަނީ އެޑިއުކޭޝަން މިނިސްޓްރީން ސްޕޮންސާކޮސްފަ އެވެ.