އަންނަ މާޗް މަހު ބާސެލޯނާގައި ބާއްވާ "މޯބައިލް ވޯލްޑް ކޮންގްރެސް"ގައި ގިނަ ސުމާޓް ޓެކްނޮލަޖީތައް ދައްކާލާނެ ކަަމަށް އުރީދޫ އިން ބުނެފި އެވެ.

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިފާ ވޯލްޑް ކަޕް 2022 އަށް ޚާއްސަކޮށްގެން އުރީދޫއިން އީޖާދުކުރަމުންދާ ޓެކްނޮލަޖީއެއް އެ ކޮންގްރެސްގައި ދައްކާލާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން އަދި ދަނޑުގައި ތިބޭ މީހުންނަށް ކުޅިވަރާ ބެހޭ އެކި މައުލޫމާތު ލިބޭ އިންޓެލިޖެންޓް ނެޓްވޯކް ސޮލިއުޝަންތައް އުރިދޫއިން މި ކޮންގްރެސްގައި ދައްކާލާނެ ކަމަށް އުރީދޫއިން ބުނެއެވެ.

"އުރީދޫގެ ސްމާޓް ސޮލިއުޝަންގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅަމަށް ފުރިހަމަ ބަދަލެއް ގެނެސްދިނުމަށް އެހީތެރިވެދޭނެ،" އުރީދޫގެ ގްރޫޕްގެ ސީއީއޯ ޑރ. ނާސިރު މަރަފިހް ވިދާޅުވި އެވެ.

މޯބައިލް ވޯލްޑް ކޮންގްރެސް 2015 އޮންނާނީ ސްޕެއިންގެ ބާސިލޯނާގައި އަންނަ މާޗް މަހުގެ ދެ ވަނަ ދުވަހުން ފަހަކަށެވެ.