ކެމްބްރިޖް އޯލެވެލް އިމްތިހާނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް ކެމްބްރިޖް ޔުނިވަރސިޓީގެ އެގްޒަމިނަރުން ރާއްޖޭގައި ތަމްރީނުކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

"ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒަމިނޭޝަން ޓްރެއިނިން ފޮރ މޯލްޑިވްސް"ގެ ނަމުގައި ކެމްބްރިޖް ޔުނިވަރސިޓީން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި ތަމްރީނުދެއްވާފައި ވަނީ ރާއްޖޭގައި ކިޔަވައިދެއްވާ ޓީޗަރުންނަށެވެ. އެގޮތުން އޯލެވެލް އިމްތިހާނުގެ ކަރުދާސް ތައްޔާރުކޮށް އެކުލަވާލާފައިވާ ގޮތާއި ގުޅޭގޮތުން ޓީޗަރުންނަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒަމިނޭޝަން ޓްރެއިނިން ފޮރ މޯލްޑިވްސްގެ ބައިވެރިން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހިސާބު، އިނގިރޭސި، އިކޮނޮމިކްސް އަދި މެރިން ސައިންސް ކިޔަވައިދެއްވާ މުދައްރިސުންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ އެ ތަމްރީނު ޕްރޮގްރާމު މިމަހުގެ 16 އިން ފެށިގެން މިއަދާ ހަމަައަށް ކުރިއަށް ގެންގޮސްފައިވާއިރު މާލެއާއި އަތޮޅުތަކުން 105 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.