25 Feb 2015, 19:56
މާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ 14 އަހަރުގެ ކުޑަކުއްޖަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ހިންގާފައި ވަނީ މިރޭ 7:45 އެހާކަންހާއިރު ބޮޑުރަސްގެފާނު މަގުގައި ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި ކަމަށެވެ.
އެ ކުއްޖާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ، ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އެކުއްޖާގެ ވައަތު އުޅަނބޮށްޓަށް ކަމަށާއި އެކުއްޖާއަށް ގްރޫޕަކުން ހަމަލާދީފައި ވަނީީ އެއީ އެހެން މީހަކު ކަމަށް ހީކޮށް އޮޅިގެން ކަމަށެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ ޒަޚަމްވި ކުއްޖާއަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.
"އެކުއްޖާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައެއް ނުވޭ. އިރުކޮޅަކުން ޑިސްޗާޖްކޮށްލާނެ،" އޮފިޝަލް ވިދާޅުވި އެވެ.